ކޮންގޯ ބަލިކޮށް ދެ ވަނަ މޮޅު ހޯދައި ކޮލަމްބިއާ ގަދަ 32 އަށް

ޒަޕޯޕާން، މެކްސިކޯ (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 1-0 އިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި ހޯދި ދެ ވަނަ މޮޅާ އެކު ކޮލަމްބިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ. 
ގްރޫޕް ކޭގެ އެއް ވަނައިގައި ކޮލަމްބިއާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ޕޯޗުގަލް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކޮންގޯ އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް އުޒްބެކިސްތާން އަށް ދެ މެޗު ކުޅުނުއިރު ޕޮއިންޠެއް ލިބިފައިނުވެ އެވެ. 
ކޮލަމްބިއާ އަށް ބާކީ އޮތީ ޕޯޗުގަލްއާ ކުޅޭ މެޗެވެ. އެ މެޗުން އެއްވަރުކޮށްލައިގެން ވެސް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ނޮކައުޓް ބުރުން ޖާގަ ލިބިގެންދާނެ އެވެ.
ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވި، ކޮލަމްބިއާ އަށް ކޮންގޯ ކައިރިން ނަތީޖާ ނެރެވުނީ ވަރަށް އުނދަގުލުންނެވެ. ކޮންގޯ އިން ކޮލަމްބިއާ ކައިރިން ހިތްވަރުަގަދަ ކުޅުމެއް ދެއްކިއިރު، މި މެޗުގައި ކޮލަމްބިއާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 76 ވަނަ މިނިޓްގައި ކުއިންޓޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެނިއަލް މުނޯޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ