މިއަދު ހެނދުނު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން 1-0އިން ކޮލަމްބިއާ މޮޅުވި ގްރޫޕް ކޭގެ މެޗާ އެކު ދެން އޮތީ ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެ މެޗެވެ. ގްރޫޕްގެ ފަހު ދެ މެޗު ކުޅޭނީ އެއްވަގުތެއްގަ އެވެ.
ކުރީގެ ވޯލްޑް ކަޕްތަކާ ހިލާފަށް މި ފަހަރު ގަދަކަމަށް ބުނާ އެއްވެސް ގައުމެއް ގްރޫޕް ސްޓޭޖުން ނުކަޓަ އެވެ. މިސާލަކަށް މިދިއަ ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސަލާމަތްނުވި ޖަރުމަން ވެސް މި މުބާރާތުގެ ގަދަ 32 މިހާރު ވަނީ ކަށަވަރުކޮށްފަ އެވެ.
ގްރޫޕް ސްޓޭޖް ބަހާލީ ހަތަރު ޓީމު ހިމެނޭ ޖުމްލަ 12 ގްރޫޕަަށެވެ. ކޮންމެ ގްރޫޕެއްގެ އެކަކާއި ދެވަނަ ޓީމު، ޖުމްލަ 24 ޓީމު، ގަދަ 32 އަށް ދާނެ އެވެ. ދެން ކޮލިފައިވާ އަނެއް އަށް ޓީމުގެ ފުރުސަތު ލިބޭނީ ތިން ވަނައަށް ނިންމި ގައުމުތަކުގެ ތެރެއިން އެންމެ ގަދަ އަށް ޓީމަށެވެ.
މެކްސިކޯ، ގްރޫޕް އޭ
އެމެރިކާ، ގްރޫޕް ޑީ
ޖަރުމަން، ގްރޫޕް އީ
ފްރާންސް، ގްރޫޕް އައި
ނޯވޭ، ގްރޫޕް އައި
އާޖެންޓީނާ، ގްރޫޕް ޖޭ
ކޮލަމްބިއާ، ގްރޫޕް ކޭ
ސައުތު ކޮރެޔާ، ގްރޫޕް އޭ
ސްވިޓްޒަލެންޑް، ގްރޫޕް ބީ
ކެނެޑާ، ގްރޫޕް ބީ
ބްރެޒިލް، ގްރޫޕް ސީ
މޮރޮކޯ، ގްރޫޕް ސީ
އޮސްޓްރޭލިޔާ، ގްރޫޕް ޑީ
އައިވަރީ ކޯސްޓް، ގްރޫޕް އީ
ނެދަލެންޑްސް، ގްރޫޕް އެފް
ޖަޕާން، ގްރޫޕް އެފް
މިސްރު، ގްރޫޕް ޖީ
އީރާން، ގްރޫޕް ޖީ
އުރުގުއޭ، ގްރޫޕް އެޗު
އޮސްޓްރިއާ، ގްރޫޕް ޖޭ
އަލްޖީރިޔާ، ގްރޫޕް ޖޭ
ޕޯޗުގަލް، ގްރޫޕް ކޭ
އިންގްލެންޑް، ގްރޫޕް އެލް
ގާނާ، ގްރޫޕް އެލް
ސްވިޑުން، ގްރޫޕް އެފް
ސްކޮޓްލެންޑް، ގްރޫޕް ސީ
ކްރޮއޭޝިއާ، ގްރޫޕް އެލް
އަލްޖީރިޔާ، ގްރޫޕް ޖޭ
ޕެރަގުއޭ، ގްރޫޕް ޑީ
ކޭޕް ވާޑޭ، ގްރޫޕް އެޗު
ބެލްޖިއަމް، ގްރޫޕް ޖީ
ޗެކް ރިޕަބްލިކް، ގްރޫޕް އޭ
ނޮކްއައުޓް ބުރުގެ މެޗުތައް ފަށާނީ މި މަހު 29ގަ އެވެ.
މުބާރާތުގެ މެޗުތައް ދިރާސާކުރުމަށް ފަހު ވެދާނެ ގޮތް ލަފާކުރާ އޮޕްޓާއިން އެންމެ ފަހުން އެކުލަވާލި ލިސްޓްގެ ގަދަ 10ގައި ހިމެނޭ އެއްވެސް ގްރޫޕް ސްޓޭޖުން ކެޓުން ވަރަށް ދުރެވެ.
އާޖެންޓީނާ، %15.60
ފްރާންސް، %15.00
ސްޕެއިން: %12.89
އިންގްލެންޑް، %10.68
ޖަރުމަން، %6.56
ޕޯޗުގަލް، %5.78
ނޯވޭ، %5.28
ބްރެޒިލް، %4.66
ނެދަލެންޑްސް، %4.23
އެމެރިކާ، %3.95
ގްރޫޕްތަކުގެ ފަހު މެޗުތަކަށް، ގަދަ އެއްވެސް ގައުމެއް ނުކަޓާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ