ގާނާގައި ރޭ އޮތްވަރުގެ ދިފާއީ ފާރެއް އޭނާގެ ހަޔާތުގައި ވެސް ނުދެކޭ ކަމަށް އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ އޭނާގެ ޓީމު ގޮތްހުސްކޮށްލީ މުޅި މެޗުގައި ވެސް ފަހަތަށް ވިސްނައިގެން ތިބި ގާނާގެ ކުޅުންތެރިން ކަމަށެވެ.
"މިހާ ވަރުގަދަ ޑިފެންސް ލައިނެއް އަހަރެން ނުދެކެން. އެ މީހުންގެ ފިޒިކަލް ފިޓްނަސް އާއި އެ މީހުންގެ ސްޕީޑާއި ޖެހިލުން ކުޑަކަން އާދަޔާ ހިލާފު. ފެނިގެން މިދިޔައީ އެއް ޓީމު ގޯލު ޖަހަން ކުޅުނުތަން. އަނެއް ބަޔަކު ދިފާއަށް ވިސްނައިގެން ލޯ ބްލޮކްގައި އުޅުނުތަން. އަހަރުމެންގެ ކުޅުންތެރިން ގޯލު ޖަހަން ވަރަށް މަސައްކަތް ކުރި،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އެއް ޓީމުން އެޓޭކް ކުރާ ފުޓްބޯޅަ އަކީ ބަލަން ފޫހި އެއްޗަކަށް ވެދާނެ ކަމަށާއި ނަމަވެސް މި ނަތީޖާއިން އިނގިރޭސި ސަޕޯޓަރުން ނާއުއްމީދު ނުވުމަށް އެދޭ ކަމަށެވެ.
"އެންމެ މެޗެއްގައި ގޯލެއް ނުޖެހި ވެސް ހިނގައިދާނެ. އެކަމަކު މިއީ މާޔޫސްވާން ޖެހޭ ކަމެއް ނޫން. މުބާރާތް އަދި އޮތީ ކުރިއަށް،" ޓުޗެލް ބުންޏެވެ.
ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް އިނގިރޭސިން ގްރޫޕުގެ ފަހު މެޗުގައި ވާދަ ކުރާނީ ކޮލޮމްބިއާއާ އެވެ.
ގާނާގެ އޮތްވަރުގެ ވަރުގަދަ ދިފާއީ ފާރެއް ނުދެކެން: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ