އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަކީލް އައްޔަންކުރައްވައިފި
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި, އަދި ވެރިކަން ކުރާ ޕީއެންސީގައި އިސްކޮށް އުޅުއްވި މުޙައްމަދު ޝަކީލް, ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ޝަކީލު ވަނީ އީސީގެ މެމްބަރު ކަމުގެ ހުވާކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އަދި ރައީސް ވަނީ އޭނާއަށް މެމްބަރު ކަމުގެ ލިޔުން ވެސް ހަވާލުކުރައްވައިފަ އެވެ. ޝަކީލަށް މެމްބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން އާންމުން ވަނީ އެކަމަށް ފާޑުވެސް ކިޔައިފަ އެވެ.ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ