އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާން ހުއްދަ ދީފައިވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވިސާ ނުލިބިގެން އުޅެނީ އެމީހުންގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
ރިޔާސީ އިންތިހާބު އޮބްޒާވްކޮށް މޮނީޓާ ކުރުމަށް އަންނަ ބޭރުގެ ނޫސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މީހުންނަށް ރާއްޖެ އެތެރެވެވެނީ ބިޒްނަސް ވިސާގައި އެވެ.
އިމގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިޒްނަސް ވިސާ ދޫކުރެވޭނީ އެކަމަށް ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށެވެ. އެކަން އިންތިހާބު ކަވަރު ކުރުމަށް އަންނަ ފަރާތްތަކުގެ ސްޕޮންސަރުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ވިސާ ދޫނުކުރެވި ލަސްވަނީ ސްޕޮންސަރުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށެވެ.
ސްޕޮންސަރުން ފައިސާ ދައްކަން ޖެހެނީ އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން އޮފީހަށެވެ. ބަންދު ދުވަސްތަކުގައިވެސް ފައިސާ ދެއްކޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރިޔާސީ އިންތިހާބު ކަވަރު ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ބޭރުގެ ނޫސްވެރިންނާއި ޖަމިއްޔާތަކުގެ ބައެއް މީހުން ވިސާ ހަމަ ނުޖެހިގެން ރާއްޖެ އައުން ކެންސަލް ކޮށްފައިވާ ކަމަށް ހާމަ ކުރުމުންނެވެ.
މިފަހަރުގެ އިންތިހާބު އޮބްޒާވްކޮށް، މޮނީޓާ ކުރުމަށް 64 ފަރާތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ. އެއީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތަކާއި މޮނީޓަރުންގެ ގޮތުގައިި ހިމެނޭ 26 ނޫސްވެރިއެކެވެ.
ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވިސާ ނުލިބެނީ ފައިސާ ނުދައްކާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ