ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަރަންޓީނަށް ދިއުމަށް އެންގުމުން އެކަމާއި ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން ބުނީ ރޭ ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި މީހަކު ކަރަންޓީނަށް ދިއުމަށާއި އަދި ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާބެހޭ އިދާރާތަކަށާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ.
މިއީ މިގޮތަށް އަމުރެއް ނެރުނު ތިންވަނަ ފަހަރެވެ. މީގެކުރިންވެސް ވަނީ މިގޮތަށް ކަރަންޓީން ފެސިލިޓީތަކަށް ދިއުމަށް ދެކޮޅު ހެދި ދެ މީހެއްގެ މައްޗަށް އަމުރެއް ނެރެފައެވެ. އެފަހަރު އަމުރު ނެރެފައިވަނީ ދެމަފިރިއެއްގެ މައްޗަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ސިވިލް ކޯޓުން ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގެ ދަށުން ކަރަންޓީނަށް ދިއުމަށް ދެކޮޅު ހަދާ މީހުންގެ މައްޗަށް އަމުރު ނެރޭނެ އުސޫލެއް މިދިޔަ މަހު ނެރެފައެވެ.
ރާއްޖެއިން މިހާތަނަށް ނުރައްކާތެރި ކޮވިޑް19 177 މީހަކަށް ޖެހިފައިވެއެވެ.
ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ