ރައީސް ޔާމިން ހައްޔަރުކޮށް ރައްޔިތުން ކުރިމަތީ ފުލުހަށް ހާޒިރުކުރޭ: މުސްތަފާ

ރާއްޖެގައި މިހާތަނަށް ހިނގާދިޔަ ހިޔާނާތުގެ އެއްމެބޮޑު މައްސަލަ އެމްއެމްޕީއާރސީގެ މައްސަލަ އާއި ގުޅުންހުރި މަނީ ލޯންޑްރިންގް ގެ މައްސަލައިގައި ރައްޔިތުން ކުރިމަތީ ބިޑިއަޅުވައިގެން ރައީސް ޔާމިން ފުލުސް އޮފީހަށް ހާޒިރު ކުރަންޖެހޭ ކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.
މުސްތަފާ މިހެން ގޮވާލެއްވީ މަނީ ލޯންޑްރިންގް ގެ މައްސަލައިގައި ރައީސް ޔާމިން އަށް ތުހުމަތު ކުރެވޭ ކަންކަން ހުރި ކަމަށްބުނެ މަރުކަޒީ ބޭންކް އެމްއެމް އޭ އިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މުސްތަފާގެ ޓްވީޓްގައި ބުނެފައިވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އިން ރައީސް ޔާމިންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ފުލުސް އޮފީހުން މިހާރުން މިހާރަށް ތަހުގީގު ކުރުމަށްޓަކާ ދެއަތް ފުރަގަހަށް ބިޑި އަޅުވައިގެން ރައްޔިތުން ކުރިމަތީ ހިނގާފަ ރައީސް ޔާމިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ