ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއޯއީ އެސިސްޓަންޓްސް ޕްރޮގްރާމުގެ ނަމުގައި ފުޓްބޯޅަ ކްލަބްތަކަށް އެހީވުމަށް ދިން ފައިސާ އެ ޓީމުތަކުން ހަރަދުކުރި ގޮތް ބަލާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 54 މިލިއަން ރުފިޔާ ފުޓްބޯޅަ އަށް ހަރަދުކުރަން ޖެހޭނެ އެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުންފުންޏާއި ކްލަބްތައް ގުޅާލަދިންއިރު ފުރަތަމަ އަހަރުގައި 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި މި އަހަރު 12 ކުންފުނި މެދުވެރިކޮށް 28 މިލިއަން ރުފިޔާ ހަރަދުކުރަން އޮތީ ހަމަޖެހިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭގޮތަށެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ އަތޮޅުތަކުގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ އެވެ.
މީގެ ތެރެއިން ބައެއް ކްލަބްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުއްޓެވެ. އަދި ބައެއް ކުންފުނިތަކުން ބޭނުންވެގެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވަކި ކަންތައްތަކެއް ފުރިހަމަނުވާތީ ބައެއް ފައިސާ ދޫވެސް ނުކުރެ އެވެ. އަނެއް ބައި ކުންފުނިތަކުން މި އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށްދާން ބޭނުންނުވާ ކަމަށް ވެސްޓީމުތަކުން ބުނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ވިދވިދާޅުވީ ކުންފުނިތަކުން އެސްއޯއީގެ ދަށުން ލިބުނު ފައިސާ ހަރަދުކުރިގޮތްތައް އެފްއޭއެމުން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން އެފްއޭއެމްގެ ވިސްނުން އެބަހުރި ކްލަބްތަކަށް މި ލިބުނު ފައިސާތައް އެ ޓީމުތަކުން ހަރަދުކުރި ގޮތް ބަލަން. ފުޓްބޯޅަ އަށް ވަރަށް ގިނަ ފައިސާ ހަރަދުކުރެވިފައި ހުރީ އެކި ގޮތްގޮތުން. އެ ވަރުން ވެސް ކްލަބްތަކުގެ ހާލަތު ބަދަލުނުވެ އޮތް ސަބަބުތައް ހޯދައިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނީ،" ޖަވާ ވިދާޅުވި އެވެ.
ފައިސާ ޓީމުތަކުން ހަރަދުކުރި ގޮތް ބަލާނަން: އެފްއޭއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ