ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ހަވީރު ހަތަރެއް ޖަހާއިރު!

ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކޯލިޝަންގައި ހިމެނޭ  އެމްއާރްއެމްގެ ފަރާތުން އަބްދުލް އަލީމް އާދަމް ރާއްޖެ އެމްވީއަށް ވިދާޅުވީ ބުރާސްފަތި ދުވަހު ހަވީރު އޮންނަ ބައްދަލުވުމުގައި ހަތަރު ލީޑަރުންގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެންދާނީ ރައްޔިތުންގެ މަޖިލީހާއި ގުޅޭ ގޮތުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ، ރިޔާސީ ކޮމިޝަންގެ ބިލް ފާސްނުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ގޮސްފައިވާތީ ، ގިނަ ބައެއްގެ ފާޑުކިޔުންވަނީ ކޯލިޝަނަށް އަމާޒުވެގެން ގޮސްފައެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮވެ،ރިޔާސީ ކޮމިޝަންސްގެ ބިލް ފާސްވެފައިނުވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ނޮވަމްބަރު މަހުގެ 15 ވަނަ ދުވަހު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، އެ ބައްދަލުވުމުގައިވަނީ މަހަކު އެއްފަހަރު ހަތަރު ލީޑަރުން ބައްދަލުވާ ގޮތަށް ނިންމާފައެވެ.
 އޭގެ ފަހުން ނޮވެމްބަރު 29 ވަނަ ދުވަހު ވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން ހަތަރު ލީޑަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުން "މާޔޫސް ނުވާނެ ފޯމިއުލާ އެއް" ނެރޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްވަނީ ވިދާޅުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ