ސ.މީދޫ ޒުވާނަކު މާވަހަރެއް ކަމަށް ލަފާކުރާ އެއްޗެއް ހޮވައިފި ސ.މީދޫ ދަނޑުބިންތަކުގެ ކުލިބޮޑުކުރުމުން އެކަމާ ދެކޮޅަށް ދަނޑުވެރިން ނިކުމެއްޖެ އީޓީއެފްއޭ ހުޅުމީދޫ ކިޑްސް ފުޓްބޯލް ޓޯނަމެންޓް ފަށައިފި ޒުވާނުންނަށް ވަޒީފާގެ ފުރުސަތަކީ ވެސް ވަރަށް މުހިންމު އެއްޗ

ދިވެހިރާއްޖޭގެ ޤައުމީ ދުވާހާ ގުޅުވައިގެން ބާއްވާ “ބީވާ އާއިލީ ހަވީރު” މޫސާގެ ފަންޱުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރު ވެއްޖެއެވެ.
މޫސާގެ ފަންޱުގެ ހިންގުންތެރި މެމްބަރުން ރާވައިގެން، ޖަމިއްޔާ ޖަމާއަތް ތަކުގެ އެހީއާއެކު އެކު ގުޅިގެން ކުރިއަށްދާ އާއިލީ ހަވީރު ދެދުވަހަށް ދެމިގެން ދާއިރު ތަފާތު މަޖާ ކުޅިވަރު ތަކާއި ގައުމީ ޑާންސް ތަކާއި އަދި ސްކޫލްގެ ބޭންޑް ހަރަކާތް ތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ. މި އިވެންޓުގެ މެއިން ސްޕޮންސަރަކީ ޔަމްނާ ވަހީދެވެ.
ޤައުމީދުވަހުގެ ކުޅިވަރުތައް މޫސާގެ ފަންޱުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ އޯގަސްޓް 22،23 މި ދެދުވަހު ހަވީރު 4އިން 6އަށް އަދި ރޭގަނޑު 8އިން 11އަށެވެ.
މޫސާގެ ފަންޱުގެ މެމްބަރުން ބުނީ މި ދެދުވަހު އިވެންޓުތައް ބަލާލަން އަންނަ ހުރިހާ އުމުރު ފުރާތަކަށް ކުޅިވަރު ތަކުގައި ބައިވެރި ވުމަށް ފުރުސަތުދޭނެ ކަމަށާއި ކުޅިވަރު ތަކުގައި ބައިވެރިވާން ތައްޔާރުވެގެން ހުރިހާ އެންމެންވެސް އައުމަށް އެދިފައެވެ.
ގައުމީދުވަހުގެ ކުޅިވަރު ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކި ގޮތްގޮތުން އެހީވެދިން ފަރާތް ތަކަށް މޫސާގެ ފަންޱުގެ ހިންގުންތެރި މެމްބަރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ