ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑިތައް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނަޑައަޅާފައިވާތީ އެ މެންބަރުން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި އެ ކޯޓުން ބަހެއް ނުބުނެ ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެންބަރުން މިއަދު ވެސް ވަނީ އެ އެ ބޭފުޅުން ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ޖަވާބު ހޯދަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފައެވެ. މިއީ މި މައްސަލައިގައި އެ މެމްބަރުން ކޯޓަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.
މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ޑިމާންޑް ކުރުމަކީ އެ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި މި މި މައްސަލައިގައި ބަހެއް ނުބުނެ ސުޕްރީމް ކޯޓުން ދެން ތިބެގެން ނުވާނެ ކަމަށެވެ.
12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ އިރު އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުންތައް ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފު ކަމަށް އެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އަދި ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހައްލު ހޯދައިނުދެއްވާނަމަ ސިދާ ހަރަކާތަށް ނިކުންނާނެކަމަށް ކަމަށްވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
12 މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައެޅި ނަމަވެސް މިހާތަނަށް އޭގެތެރެއިން އެއްވެސް ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވާފައެއް ނުވެއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެނަމަ ދެމަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވާ މެންބަރަކު އިންތިޚާބު ކުރަން ޖެހެއެވެ.
މިހާތަނަށް ގޮނޑި ގެއްލުނު ހުރިހާ މެމްބަރުންނަކީ ވެސް ޕީޕީއެމްގައި ތިއްބެވުމަށް ފަހު ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން އެޕާޓީ އިން ވަކިކުރި ބޭފުޅުންނެވެ.
ގޮނޑިތަކުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބަހެއް ނުބުނެ ތިބެގެން ނުވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ