ސްކޫލް ބަހެއް ރޭލެއްގައި ޖެހި 13 ކުދިން މަރުވެއްޖެ

ކުޝީނަގަރު (އެޕްރީލް 26) - އިންޑިއާގެ އުތުރުގެ އުއްތަމަ ޕްރަދޭޝްގައި ސްކޫލް ބަހެއް ރޭލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 13 ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ބަސް އެކްސިޑެންޓްވީ ރޭލްވޭ ހުރަސްކުރަން އުޅެނިކޮށް ކަމަށެވެ. އުއްތަރަ ޕްރަދޭޝްގެ ކުޝިނަގަރުގައި ހިނގި މި އެކްސިޑެންޓުގައި ބަހުގައި ތިބީ ކިތައް ކުދިން ކަމެއް ނޭނގެ އެވެ. ބަސް އެކްސިޑެންޓް ތަހުގީގު ކުރުމަށް ސްޓޭޓުގެ ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި އެކްސިޑެންޓުގައި މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ހިމާޗަލް ޕްރަދޭޝް ސްޓޭޓުގައި ސްކޫލް ބަހެއް ފަރުބަދައެއްގެ މަތިން ވެއްޓި 24 ކުދިން މަރުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.
އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަކީ އާއްމު ކަމެކެވެ. ސަބަބުތަކުގެ ތެރޭގައި ޑްރައިވަރުންގެ ފަރުވާ ކުޑަވުމާއި ވެހިކަލްތަކާއި މަގުތަކުގެ ފެންވަރު ދަށްވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ