މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން، މަޝްވަރާ ކުރެއްވިއްޖެ ކަމަށާއި އިތުރަށް މަޝްވަރާ ކުރަން އުޅުމަކީ އިސްރާފެއް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިސާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރިގަދަ ތަނބު ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މުހިއްމުކަން ކީރިތި ގުރުއާނުގައި ވަރަށް ސާފުކޮސް ބަޔާން ކުރައްވާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އަންނަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވަނީ މުހިންމު އަދި ގައުމީ މަސައްކަތެއްކަމަށާ އެ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް މިހާރު ލިބިފައިވާކަމަށް ވެސް މައުމޫން އަންނަނީ ވިދާޅުވަމުންނެވެ.
ރައީސް މައުމޫންގެ އިތުރުން ކެނދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވެސް ވަނީ ރައީސް ޔާމީން އިއްޔެ އޭދަފުށީގައި ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަލީ ހުސެއިން ވިދާޅުވީ ކީރިތި ގުރުއާނުގައި އިސްރާފުގެ މަގަށް ކަން ކުރުމަށް އަނގަވާފައިވާ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި މަޝްވަރާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ގުރުއާނުގައި އޮތް ކަމެއް ވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ