ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމުން ވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މެމްބަރު އަލީ ހުސައިން އާއި އެހެން ބައެއް މީހުން ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރީ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ގިނަ ބައެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ.
ހުކުރު ދުވަހުގެ ރޭގެ އެއްވުމުން ވެސް 25 މީހުން ހައްޔަރުކުރިއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ބަންދުގެ މުއްދަތު ޖަހައި ޖަލަށް ލައިފަ އެވެ.
ހޮނިހިރު ދުވަހުގެ އެއްވުމުން ހައްޔަރުކުރި މީހުންގެ އަދަދެއް އަދި ދޫކޮށްލީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު އަލީ ހުސައިން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ