އަގުކަނޑައަޅާނެ ގޮތުގެ އައު ޤަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި


ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތީގެ އަގު ކަނޑައަޅަން ޖެހިއްޖެ ޙާލަތެއްގައި އަގުކަނޑައަޅާނެ ގޮތުގެ އައު ޤަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފިއެވެ.
 
ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ޤަވާއިދު ބުނާގޮތުން ސަރުޢީ ކޯޓުތަކުން ބަލާ މައްސަލަ ތަކުގައި އެއްޗެއް ނުވަތަ ތަނެއްގެ އަގުކަނޑައަޅަން ޖެހިއްޖެ ޙާލަތެއްގައި އެތަކެއްޗަށް ޝަރުޢީ އަގެއް ކަނޑައެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގައި ޝަރުޢީ އަގު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އޮންނަންޖެހެއެވެ. އަދި ޝަރުޢީ އަގު ކޮމިޓީގައި ތަފާތު އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުން ހިމެނިފައި ވާންޖެހޭނެކަމަށްވެސް މިޤަވާއިދުގައި ބުނެފައިވެއެވެ.
  
 
މިގަވާއިދުގެ ދަށުން ޝަރުޢީ އަގުކޮމިޓީއިން އަގުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކޯޓުތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ކޮމިޓީއަށް ފޯރުކޮށްދިނުމާއި، އަދި ކޮމިޓީގެ މަސައްކަތަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމާއި، ހާޒިރު ނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޝަރުޢީ ކޯޓުތަކަށް ވަނީ ލާޒިމުކޮށްފައެވެ. ޝަރުޢީ އަގު ކުރުމާބެހޭ ޤަވާއިދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 1 ވަނަދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ