މަޖިލީހާއި، ޝަރުޢީ ދާއިރާގެ މާއްދާތައް ގަރާރުން އުނިކުރަން ފެނޭ – މެމްބަރު ނަޝީދު

ކުއްލި ނުރައްކަލުގެ ގަރާރުގައި ހިމެނޭ ބައެއް މާއްދާތައް ތެރޭގައި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރިކަމަށާއި، އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކޮށްދެއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ބަަހުސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންއަށް ކުއްލި ހާލަތު އިއުލާނު ކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށާއި، އަދި އެ ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާއި، ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މި ގަރާރުގެ ބައެއް މާއްދާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރިކަމަށެވެ.
"އެހެންވީމަ ކުއްލި ހާލަތުގެ މި ގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރުތަކާއި އަދުލު އިންްސާފަށް ލިބިގެންވާ ބާރުތައް މިގޮތަށް ހިފެހެއްޓިދާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އެހާ ފަސޭހައިން ގާނޫނީ ގޮތުން ގެނެވިދާނެ ވާހަކައެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، 99، 100، 101، 113، 218 ހަވާލާދެއްވާފައި ހުރި މާއްދާތަކާއި ދޭތެރޭ ކޮމެޓީގައި ބަލައި އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކުރެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ