ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅަށް ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި 25 އަހަރަށް ޖަލަށްލުމުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ އަހްމަދު ނާޒިމް ފާރިސް އަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންނަނީ ހައްގުގެ މަގުގައި ހައްގު ބަސް ބުނާ މަޖިލިސް މެމްބަރުން ހޮވާ ބައެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުން ހޮވާފައި ތިބޭ މެމްބަރުންނަކީ 25 އަހަރަށް ޖަލަށް ލިޔަސް އަދި ހަ މަސްދުވަހަށް ޖަލަށްލީ ކަމުގައި ވީނަމަވެސް ހިތްވަރާއި އަޒުމް ގުޑުވާނުލެވޭނެ ބައެއް ކަމަށެވެ.
ފާރިސްގެ ކުރިން ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ނާޒިމް އިތުރަށް ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެ ކަމަށާއި ފާރިސް މައުމޫން ސަރުކާރަށް ދެކޮޅަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށެވެ.
ރައީސް އަބުދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ނާޒިމް ފާހަގަކުރެވިފައިވާއިރު، ނާޒިމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން، ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމް ސިއްހީ ފަރުވާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ލިބިގެން ސިންގަޕޫރަށް ވަޑައިގެންނެވީ 10 ޑިސެމްބަރު 2015ގަ އެވެ. ނަމަވެސް އޭގެ ފަހުން ނާޒިމް ވަނީ ރާއްޖެ ވަޑައިނުގެން ފިއްލަވާފަ އެވެ.
ނާޒިމް ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ރާއްޖޭގައި އިންސާފު ލިބޭނެ އެއްވެސް މަގެއް ނެތްކަމަށާ އޭނާއަށް އިންސާފު ނުލިބޭނެކަމަށް ވިދާޅުވެފަ އެވެ.
އަދި ހުކުމް ކުރުމުން ނާޒިމް ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ބޭއިންސާފުންކަމަށް ވިދާޅުވެފައެވެ.
ފާރިސްގެ މަސައްކަތަށް ކުރީގެ މެމްބަރު ނާޒިމް ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ