ސްރީ ލަންކާއަކީ އަބަދުވެސް ރާއްޖެއާ ގާތް އަދި ވަރަށް ބޮޑަށް އިތުބާރުކުރެވޭ މިތުރެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫނު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވެވި ޓްވީޓެއްގައެވެ.
"ސްރީ ލަންކާއަކީ އަބަދުވެސް ރާއްޖޭގެ ވަރަށް ގާތް އަދި ވަރަށް ބޮޑަށް އިތުބާރުކުރެވޭ މިތުރަކަށް. އެއްވެސް ފަރާތަކަށް އަހަރެމެންގެ މެދުގައިވާ ސިޔާސީ ގުޅުމަކަށް ބުރޫއެރުވުމުގެ ޙައްޤެއް ނޯންނާނެ."- ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މައުމޫނު މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަން ވައްޓާލުމަށް، ލަންކާ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވަމުން އަންނަކަމަށެވެ.
މެންބަރު ރިޔާޒު އޭރު ވިދާޅުވިގޮތުގައި ލަންކާގައި ކުރި ޒަމާންވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއްވުމުގެ ސަބަބުން އެކަން އެފަރާތްކަކަށް އިހުސާސްކުރެވޭނެކަމަށާއި އެހެންކަމުން އެފަދަ ކަމެއް އެހެން ބަޔަކަށް ކުރުމަށް އެދިގެން ނުވާނެކަމަށެވެ.
ހަމައެހެންމެ، ރާއްޖޭގެ ޤާނޫނީ ވެރިކަންތައް ވައްޓާލުމަށް ބަޔަކު މަސައްކަތްކުރިކަން ތާރީޚުން ފެންނަން އެބައޮތްކަމަށާއި އަދި މިއަދުވެސް ފެންނަމުންދާ ޙަޤީޤަތަކަކީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ރިޔާޒު ވިދާޅުވިއެވެ.
ލަންކާއަކީ ރާއްޖޭގެ މިތުރެއް، ގުޅުމަށް ބުރޫއެރުވުމުގެ ޙައްޤެއް އެއްވެސް ފަރާތަކަށް ނޯންނާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ