ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ޑެވިލްޑް ޗިކަން އަދި ކިރު ބޯކިބާ

ޑެވިލްޑް ޗިކަން ޑެވިލްޑް ޗިކަން 1400 ގެ ކުކުޅެއް ނުވަތަ 600 ގުރާމު ކުކުޅުމަސް (ކަށި ނެތް، ކޮށާފައި، ތެއްލާފައި) 200 ގުރާމު ލީކްސް (ކައްޗަށް ކޮށާފައި) 3 ފިޔާ (ބޮޑު، ބޯކޮށް ކޮށާފައި) 2 ޓޮމާޓޯ (ބޯކޮށް ކޮށާފައި) ބައި ޖޯޑު ޓޮމާޓޯ ސޯސް (މެގީ) ބައި ޖޯޑު ޗިލީ ސޯސް (ލައިފް) 2 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް (މެގީ) 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް 1 ސައިސަމުސާ އިނގުރު (ގާނާފައި) 4 ލޮނުމެދު (ގާނާފައި) ބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި) ތޮޅި މިރުހެއް ނުވަތަ ގިތެޔޮމިރުސްކޮޅެއް، ހިކަނދިފަތް، ރާނބާފަތް، ތެޔޮ ކުކުޅުމަސް ތެއްލާ ގޮތް ކޮށާފައި ހުރި ކުކުޅުމަސްކޮޅުގެ ތެރެއަށް ލޮނުކޮޅަކާއި، ބައި ސައިސަމުސާ އަސޭމިރުސް އަޅާފައި، އެއްކޮށްލާފައި، ދިހަ ވަރަކަށް މިނެޓު ވަންދެން ބެހެއްޓުން. އެއް ފިޔާ މީރު ކޮށްފައި، އިނގުރާއި ލޮނުމެދުގެ އެއްބައި އަޅާފައި، މީގެ ތެރެއަށް ކުކުޅުމަސްކޮޅު އަޅާފައި، މަތިޖަހައިގެން ރޯފިލަންދެން ކެއްކުން. ރަނގަޅަށް ރޯފިލީމައި، ފެނާ ނުލައި މަސްކޮޅު ވަކިން ނަގާފައި، ތެޔޮގަނޑު ހޫނުކޮށްފައި އޭގެތެރެއަށް މަސްކޮޅު އަޅައިގެން ތެއްލުން. މަޑު މުށިކުލަ އެރުމުން ނެގުން. މި ގޮތަށް ތެއްލީމައި ކުކުޅުތަކަށް ގިނައިން ތެޔޮ ނުވަދެ އަވަހަށް ތެއްލޭނެ. ސޯސް ހަދާ ގޮތް ބާކީ އޮތް ދެ ފިޔާ މީރު ކޮށްފައި އިނގުރާއި ލޮނުމެދުގެ ބާކީ ހުރި ބަޔާއި، ލީކްސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލުން. އަދި އޭގެ ތެރެއަށް ޓޮމާޓޯ ސޯސް، ޗިލީ ސޯސް، އޮއިސްޓާ ސޯސް، ސޯޔާ ސޯސް އެއްކުރުމަށް ފަހު، ޓޮމާޓޯ، ރާނބާފަތް، މިރުސް އަޅައިގެން ބޮކިޖަހަންދެން ކައްކާލުން. އޭގެ ތެރެއަށް ކުކުޅުމަސްކޮޅު އަޅާފައި، ހިކަނދިފަތް ލާފައި، ލޮނު ހެޔޮވަރު ކުރުން. ކިރު ބޯކިބާ ކިރުބޯކިބާ 2 ޖޯޑު ކޯން ފްލާ (ޒުވާރި ފުށް) 3 ބައި ޖޯޑު ހަކުރު 7 ޖޯޑު ރާނބާފަތު ފެން 2 ޖޯޑު ކާށި ކިރު 2 މޭޒުމަތީ ސަމުސާ ފިނިފެން (ރޯސް ވޯޓާ) ނުވަތަ 1 ޖޯޑު މާ ފެން ރާނބާފަތު ފެން ކައްކާ ގޮތް ބޮޑު ރާނބާފަތެއް ކޮށާފައި، ހަތް ޖޯޑު ފެނުގެ ތެރެއަށް އަޅައިގެން ކެއްކުން. ރަނގަޅަށް ކެކިގަތީމައި، އުނދުން ނިއްވާލާފައި، މަތި ޖަހާފައި، ހިހޫ ކުރަން ބެހެއްޓުން. ކިރު ބޯކިބާ ހަދާ ގޮތް ކޯން ފްލާ، ހަކުރު، ކާށި ކިރުގެ ތެރެއަށް ރާނބާފަތު ފެން މަދުމަދުން އަޅަމުން ގިރުން. ހަތް ޖޯޑު ރާނބާފަތު ފެން އެއްކޮށް އެޅުމަށް ފަހު، ފުށްތައް ރަނގަޅަށް ގިރުމުން، އުނދުން މައްޗަށް އުދައިގެން ފުށްގަނޑު ހިލުން. ބޯކިބާ އެޅޭ ވަރަށް ފުށްގަނޑު އޮލަ ވަންދެން، ގަނޑުވިޔަ ނުދީ އެއްކުރަމުން ގެންދިޔުން. ރަނގަޅަށް ހިލުނީމައި، އޭގެ ތެރެއަށް ފިނިފެން ނުވަތަ މާ ފެން އެޅުމަށް ފަހު، ވަރަށް ރަނގަޅަށް އެއްކޮށްލާފައި، ކޭކު އަޅާ ކަހަލަ ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާލާފައި) ފުށްގަނޑު އޮއްސާލާފައި ހިހޫ ކުރަން ބެހެއްޓުން. ހިހޫ ކުރަން އައިސްއަލަމާރީގައި ވެސް ބެހެއްޓިދާނެ. ފިނިކޮށްގެން ނުވަތަ ނުކޮށް ވެސް މި ބޯކިބާ ވަރަށް މީރު ވާނެ. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ. "ހަވީރު"ން މި ގެނެސްދެނީ ޚުރުޝިދާގެ ސަތޭކަ އަށް ވުރެ ގިނަ އުފެެއްދުމުގެ ތެރެއިން 60 ރެސިޕީއެކެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އޭނާގެ ކޮންމެވެސް ދިވެހި ރަހައެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ