މޫސުން ގޯސްވުމުން ރައީސްގެ ހޯރަފުށީ ދަތުރުފުޅު ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ހއ. ހޯރަފުއްޓަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ފަސްކުރައްވައިފިއެވެ.
ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ، އެ ރަށުގައި ކުރިއަށް ދިޔަ ދެ މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށެވެ. އެއީ އެ ރަށުގައި އެންވަޔަރަމެންޓް މިނިސްޓްރީން އިން ކުރިއަށްގެންދިޔަ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކުރެއްވުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ދެން ހޯރަފުއްޓަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވާތީ އެ ރަށުގެ ބަނދަރު ސަރަހައްދާއި ރަށު ތެރެ ވަނީ ވަރަށް ރަނގަޅަށް ޒީނަތްތެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ