ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރަން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް، އެ ޖަމިއްޔާގެ ރައީސަކަށް ދެ ވަަނަ ދައުރަކަށް އިއްޔެ އިންތިހާބުވި، މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.
އިއްޔެގެ އިންތިހާބަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ސައްތާރު، ވިދާޅުވީ، އެމްއޯސީގެ އާ ދައުރަކާ ހަވާލުވާއިރު، ދެ އެސޯސިއޭޝަނެއް އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.
އެ ގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޯމަލައިޒްވެފައިވާއިރު، ވޯލްޑް ބެޑްމިންޓަން ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކޮށްފަ އެވެ.
ސައްތާރު ވިދާޅުވީ، މިއީ އެސޯސިއޭޝަންތަކުގެ ހިންގުމުގެ މައްސަލަތައް ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން އެސޯސިއޭޝަންތަކާ ގުޅިގެން މިހާރަަށް ވުރެން ބޮޑަށް އެމްއޯސީ އިން މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު މިސާލަކަށް ދެ ކުޅިވަރެއް (އެސޯސިއޭޝަނެއް) މި އޮތީ ނޯމަލައިޒޭޝަނަށް ގޮސްފަ. އެހެންވެ އަޅުގަނޑުމެން ބޭނުންވޭ ވަރަށް ބޮޑަށް، ކުޅިވަރު ތެރޭގައި މިހާރު މިކަހަލަ ކަންތައްތައް ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުމަށް." ޗަމްޕީ ވިދާޅުވި އެވެ.
މީގެ އިތުރުން، ސައްތާރު ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލް އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ގުޅިގެން އެސޯސިއޭޝަންތަކުގެ އޮޑިޓް ބަލައި، އެ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކަށް އެބަ ބަލަން، އެސޯސިއޭޝަންތައް މިހާރަށް ވުރެ ރަނގަޅަށް ހިންގުމުގެ ކަންތައްތައް (ހަރުދަނާ) ކުރަން" ޗަމްޕީ ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ހަތަރު ވަނަ ދައުރަަކަށް ކުރައްވަމުން އަންނަ، ސައްތާރު ވަނީ އެފްއޭއެމްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަން، އެންމެ ރަނގަޅަށް ނުހިނގައި، ހުއްޓިފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް އޮލިމްޕިކް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށެވެ.
އެސޯސިއޭޝަންތުކުގެ ހިންގުން ހަރުދަނާކުރަން އޮލިމްޕިކް ކޮމިޓީން ހާއްސަ އިސްކަމެއް ދޭނެ އެސޯސިއޭޝަންތުކުގެ ހިންގުން ހަރުދަނާކުރަން އޮލިމްޕިކް ކޮމިޓީން ހާއްސަ އިސްކަމެއް ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ