ދިރާގުން ކުރިއަށް އޮތް ބޮޑު އީދަށް ހާއްސަކޮށް ތަފާތު އޮފާތަކެއް އަގުހުރި އިނާމުތަކާ އެކު އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އޮފާތައް ހާމަކުރީ ދިރާގުން އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.
ތަފްސީލް - ދިރާގުން ތައާރަފްކުރި ޕްރޮމޯޝަންތަކަކީ:
ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފްތާއަކު ޖުމްލަ 300ރ.އަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000ރ.ގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު
އީދު ސްޓްރީމިން އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20ރ.އަށް 25ޖީބީ
ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު
ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބަ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން
ފައިބަ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބަ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓަރު މުޅިން ހިލޭ
100ޖީބީ ޑޭޓާ އެޑްއޮންއާ އެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާ އެކު އިތުރު 25ޖީބީ މުޅިން ހިލޭ
ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީއާ އެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ
ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549ރ. އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ
އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ
މި ހުރިހާ އޮފާތަކެއް ވެސް މި މަހު 10ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެ އެވެ.
މީގެ އިތުރުން ވެސް، އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދިރާގުން ބައިވެރިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބުނީ ކީކޭ؟ - "އީދު ފަދަ މުނާސަބަތުތަކުގައި ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން ދަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން، ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް،" ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހް އާދަމް ވިދާޅުވި އެވެ.
މި އޮފާތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
ދިރާގުން ބޮޑު އީދަށް އަގުހުރި އިނާމުތަކަކާ އެކު ބޮޑެތި އޮފާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ