އައިޖީއެމްއެޗް އައިސީޔޫގަ ފަރުވާދެމުންގެންދިޔަ ޔަމަނުގެ ޔާސިރު ޔަހުޔާ މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށުގައި ބަންދުކޮށްފައިހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ޔާސިރު ޔަހުޔާ މަރުވެފައިވަނީ މިއަދު 16:25 ގައި ކަމަށެވެ.
އޭނާ މަރުވީ، އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސްވަމުން ދިޔުމާގުޅިގެން ކަމަށްވެސް ބުނެފައި ވެއެވެ.
ޔާސިރު ޔަހުޔާއަށް ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ، ޔާސިރު ޔަހުޔާއަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ކޮންޓްރޯލާރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ބާރުގެދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައިހުރި މީހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ