މޫސުން ގޯސްވެ، ބ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ،
ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ މިއަދު ޔެލޯ އެލާޓް
ނެރެފި އެވެ.
މޯލްޑިވްސް
މީޓިއޮރޮޖިކަލް ސާވިސް (މެޓް) ން ބުނީ މިއަދު ހެނދުނު  7:45 ން 11:45 އަށް ޔެލޯ އެލާޓް ނެރުނީ، މި
ސަރަހައްދުގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިގަދަވާނެތީ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 50 ބާރުމިނެއްގައި މި
ސަރަހައްދަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
އުތުރަށް ޔެލޯ އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ. އަދި މިއަދު މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ