މަޖިލިސް މެމްބަރު އާޒިމް އާއި ނާޝިޒް ކޯޓަށް ހާޒިރުކުރުމަށް އަމުރެއްނެރެފި

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (ކ) މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި (ވ) |ފޮޓޯ: މަޖިލިސްރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ސިވިލްކޯޓުން އަމުރެއްނެރެފިއެވެ.ނާޝިޒް އާއި އާޒިމް ކޯޓަށް ހާޒިރުކުރުމަށް އަންގާފަވަނީ މާދަމާ 1:30 ގައެވެ. އަދި ކޯޓަށް ހާޒިރު ކުރުމަށް އަންގާފައިވާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ވާހަކަ ދެކެވޭ ގޮތުގައި އެމީހުން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެވުނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ މައްސަލާގައެވެ.ފުލުހުންބުނީ އާޒިމްއާއި ނާޝިޒްގެ މައްޗަށް ނެރެފައިވާ ކޯޓަށް ހާޒިރުކުރުމުގެ އަމުރު ތަންފީޒް ކުރުމަށް ކުރަންޖެހޭ ކަންތައްތަށް ކުރަމުން ގެންދާކަމުގައެވެ.ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ