ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ސުޕީރިއާ ކޯޓުތަކަށް އިސް ގާޒީން އައްޔަންކުރަން ނިންމަން މިއަދު ބޭއްވުނު ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ގާޒީ ހައިލަމް ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރީ، އެކޮމިޝަން ގައި މިއަދު ނެގި ސިއްރު ވޯޓަކުން ކަމަށެވެ.
އިސް ގާޒީން އައްޔަންކުރަން ނިންމާފައިވާ ކޯޓު ތަކަކީ، ކުރިމިނަލް ކޯޓުގެ އިތުރުން ޑްރަގް ކޯޓް އަދި ޖުވެނައިލް ކޯޓަށެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ނިންމާފައިވާއިރު ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ނިންމާފައިވަނީ، އެކޯޓުގެ ގާޒީ އަބްދުއްސައްތާރު ހަމީދެވެ. އަދި ޖުވެނައިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ނިންމާފައިވަނީ، އެކޯޓުގެ ގާޒީ ސައީދު އިބްރާހީމް އެވެ.
ކުުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު، ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން މިހާތަނަށް ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ގާޒީ އާދަމް އާރިފް އެވެ.
ގާޒީ އާރިފް އަކީ ސިޔާސީ ފަރާތް ތަކުގެ އިތުރުން އެހެންވެސް ބޮޑެތި ބައެއް މައްސަލަ ތަކުގެ ޝަރީއަތްތައް ކުރުމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވާ ގާޒީ އެކެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ނުފޫޒު ފޯރުވި ކަމަށް ބުނެ، އެދެ ފަނޑިޔާރުންނާ ދެކޮޅަށް މޯލްޑްވިސް ޕޮލިސް ސަރވިސް އަށް ބަޔާން ދެއްވާފައިވާ ގާޒީ އެއް ކަން ފާހަނގަ ކޮށްލެވެ އެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް، ގާޒީ ހައިލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ