އިސްރާއިލަށް ވަފާތެރި އެމެރިކާގެ ސެނެޓަރު ގްރަހަމް ކުއްލިއަކަށް މަރުވެއްޖެ

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ސެނެޓަރެއްގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ލިންޑްސީ ގްރަހަމް، އުމުރުން 71 އަހަރުގައި ކުއްލިއަކަށް މަރުވެއްޖެއެވެ.
ގްރަހަމް މަރުވީ ކުއްލި ގޮތަކަށް ކުރިމަތިވި ބަލިހާލަތަކަށް ފަހު ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށް އޭނާގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭނާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު އާދީއްތަ ދުވަހުގެ ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސެނެޓަރު ގްރަހަމްގެ އާއިލާއިން މި ދަނޑިވަޅުގައި އެންމެހާ ފަރާތްތަކުގެ ހެޔޮ ދުއާއަށް އެދޭ ކަމަށާއި، މި އުނދަގޫ ވަގުތުގައި އާއިލާގެ މަސްލަހަތަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ. ގްރަހަމްއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚުސިއްޔަތެކެވެ.
ގްރަހަމްއަކީ އިސްރާއީލުގެ ވަރުގަދަ މަދަދުގާރެކެވެ. އޭނާ މަރުވުމާއި ގުޅިގެން އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ވަނީ ހިތާމަ ފާޅުކޮށް، އޭނާއަކީ އިސްރާއީލަށް ކުރިމަތިވި އެންމެ ދަތި ވަގުތުތަކުގައި އެ ގައުމާއެކު ސާބިތުވެ ހުންނެވި ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާއަކީ 2003 ވަނަ އަހަރު އިރާގަށް އެރުމަށް ތާއީދުކުރެއްވި އަދި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ