ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ޤަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދް ބިން ޚަލީފާ އަލް ސާނީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އަމީރު، ޝައިޚް ޙަމަދް ބިން ޚަލީފާ އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ދަންނަވައި ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤަތަރުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު ދައުރެއް އަދާކުރި ހަމަދު ބިން ޚަލީފާ އަލް ސާނީ އަވާހަރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށެވެ.
ޝެއިޚް ހަމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ ދަރިކަލުން ޤަތަރުގެ އަމީރު، ޝައިކް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި ޝާހީ އާއިލާއާއި އެގައުމުގެ ސަރުކާރުގެ އިތުރުން ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.
”އަލްމަރުހޫމް ޝައިޚް ހަމަދު ބިން ހަލީފާ އަލް ސާނީއަށް ޖަންނަތުލް ފިރުދައުސްގެ އެންމެ މަތީ ދަރަޖަ ދެއްވައި، ރަހުމަތް ލައްވާށީ“ ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވިއެވެ.
މިއަދު އަވަހާރަވި ޝެއިޚް ހަމަދަކީ ޤަތަރުގައި 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަރަހަށް ވެރިކަން ކުރެއްވި، އެގައުމު ޒަމާނީ ފެންވަރަށް ބިނާ ކުރުމުގެ އެންމެ އިސް ދައުރެއް އަދާ ކުރި މޭސްތިރިޔާއެވެ.
ޝައިޚް ޙަމަދަކީ ރާއްޖެއަށްވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތް ކުރުމާއި، މަރާމާތު 3 ކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެއެވެ. ލ. ގަމުގައި ހުންނަ ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ސާނީ އަވަހާރަވީ، އުމުރުފުޅުން 74 އަހަރުގައެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައިވަނީ، ޖުލައި 12 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ޤަތަރުގެ ވެރިކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.
ޝައިޚް ޙަމަދަކީ، ޤަތަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ އިސްވާރެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ޤަޠަރުގެ އިޤުތިޞާދީ އަދި ސަޤާފީ ދުވެލި ވަރަށް ބާރުވިއެވެ. އެ ޤައުމުގެ އުފެއްދުންތެރިކަން 24 ގުނަ އިތުރުވިއިރު، ހައިޑްރޯކާބަން ނުވަތަ ތެލާއި ގޭހުގެ ސިނާއަތުގެ ވިޔަފާރި އެތައް ގުނައަކަށް ފުޅާވިއެވެ. މިއީ، ޤަތަރު ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއެރުވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށް ގިނަ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ