އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. 
އެލްޖީއޭއިން ހުޅުވާލީ އެ އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށެވެ. 
Zetta Enterprises Pvt Ltd
MGH Group of Companies
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި 16، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. 
އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ އެޕްލިކޭޝަން ފޯމު އެލްޖީއޭގެ އީމެއިލް [email protected] މެދުވެެރިކޮށް ހަމަޖެހިފައިވާއިރު، ހާޒިރުވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޓޯލް ޕޯސްޓް ބިލްޑިންއަށް ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. 
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 8، ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 16:00 އަށެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 11، ގަ އެވެ. 
އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޟަމީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ