ލޮރީއަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ސައިކަލާއި ލޮރީއެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 4 ހާއިރު އެ އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިންނެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާ މަރުވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދިނެވެ.
އެ އެކްސިޑެންޓްގައި މަރުވީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މަރުވި މީހާއާބެހޭ ތަފްސީލެއް އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ. 
އެކަމާ ގުޅޭ އިތުރު ތަފްސީލްތައް ލިިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ