މާލޭގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް ބުނީ، މާލޭ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި އެ އެކްސިޑެންޓް ހިންގި ކަމަށް ރިޕޯޓް ކުރީ މިއަދު މެންދުރުފަހު 3:57 އެހާކަންހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެއީ ކޮން ގައުމެއްގެ އަދި ކޮން އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ފުލުހުން ވަނީ މަރުވެފައިވަނީ ފިރިހެނެއްކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ