ހަމަލާތައް ވަރުގަދަކޮށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް އީރާނުގެ ސިފައިން ހަމަލާދިނުމާ ގުޅިގެން، އޭގެ ރައްދުގައި އެމެރިކާއިން އީރާނަށް އަނެއްކާވެސް އާ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ، ވަކި ގޮތެއް އަންގަންދެން އެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ ބައިވެރި ގައުމުތަކަށް އީރާނުން ވަނީ ހަމަލާދޭން ފަށާފަ އެވެ.
MGH Group of Companies
Zetta Enterprises Pvt Ltd
MU STORE
Zetta Enterprises Pvt Ltd
MGH Group of Companies
އައިއާރުޖީސީން ބުނި ގޮތުގައި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަނީ ހަމަލާދީފަ އެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރާއި ކުވެއިތުގެ އިތުރުން ބަހްރޭނަށް އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކަށް އެ ގައުމުތަކުން ވަނީ ރައްދު ދީފަ އެވެ.
މި ހަމަލާތައް ބަދަލުކުރަން ފަށާފައި މި ވަނީ، ތިން ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާދީއްތަ ދުވަހުގެ ކުރީކޮޅު އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުއްދަ ނޫން މަގަކުން ދަތުރުކުރަން އުޅުނު އުޅަނދަކަށް ކްރޫޒް މިސައިލުން ހަމަލާދިނުމަށް ފަހު، ވަކި ގޮތެއް އަންގަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން ވަނީ އިއުލާންކޮށްފަ އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ރިވޮލިއުޝަނަރީ ގާޑުން ބުނީ، ތަކުރާރުކޮށް ދިން އިރުޝާދުތަކަށް އެ އުޅަނދުން ބޯނުލެނބުމުން "އިންޒާރުގެ ހަމަލާދީ އުޅަނދު ހުއްޓުވާފައިވާ" ކަމަށެވެ.
އަދި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެމެރިކާއިން އެއްވެސް ކަހަލަ "އުދުވާނީ" އަމަލެއް ހިންގައިފި ނަމަ، އޭގެ ރައްދު ވަރަށް "ހަރުކަށިކޮށް" ދޭނެ ކަމަށާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.
އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ 140 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ސެންޓްކޮމް އިން ބުނެ އެވެ. އޭގެ ތެރޭގައި މިސައިލާއި ޑްރޯން ފޮނުވާ ސައިޓްތަކާއި، މުއާސަލާތީ ނެޓްވޯކްތަކުގެ އިތުރުން އައްސޭރިފަށުގެ ސަވައިލަންސް މަރުކަޒުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ