ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހި ފިރިހެނުންނަށް ވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނުންގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ރިޕޯޓުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކުގައި ބިދޭސީންގެ ހިއްސާ ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 590,079 އެވެ. މީގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެއްކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ބޮޑު އަދަދެކެވެ.
އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީގެ 43 އިންސައްތަ މީހުން ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީ ބިދޭސީން ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ އާބާދީގެ އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. މިއީ މަސައްކަތު އާބާދީގެ ބޮޑު ބައެއް ހިމެނޭ އުމުރުފުރާއެކެވެ. މި އުމުރުފުރައިގެ ތެރެއިން ފިރިހެނުންގެ އާބާދީގައި ބިދޭސީންގެ ނިސްބަތް އިތުރުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ރާއްޖޭގެ މަސައްކަތު އާބާދީގެ ފިރިހެނުންނަށްވުރެ ބިދޭސީން ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ