ބިރު ދައްކަން ސެކިއުރިޓީ ކަނޑާލައިފި ކަމަށް ގާޒީ ބާރީ ވިދާޅުވެއްޖެ

އަނބިދަރިންނަށް ދެމުން ގެންދިޔަ ސެކްރިޓީ ކަނޑާލުމަކީ ބިރު ގަންނާނެ ކަމެއް ނޫން ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް މިރޭ ވިދާޅުވެއްޖެ އެވެ.
ގާޒީ ބާރީ މިރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވަނީ އޭނާގެ އަނބިދަރިންނަށް ދެމުން ގެންދިޔަ ސެކިއުރިޓީ ފުލުހުން ކަނޑާލާފައިވާ ކަމަށެވެ. އެއީ ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއްނަމަ އެއީ ކުށްހީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ބިރު ދެއްކުމުގެ ގޮތުން ކަމަށްވާނަމަ އަދި ހީފުޅު ކުރެއްވީ ރަނގަޅަކަށް ނޫން، ކެރެންޏާ އަޅުގަނޑު މަރާލާ،" ގާޒީ ބާރީ ވިދާޅުވި އެވެ.
ގާޒީ ބާރީ މިފަހުން ގެންދަވަނީ ފޭސްބުކްގައި ތަފާތު ސްޓޭޓަސްތަކެއް ލިޔުއްވަމުންނެވެ. އެގޮތުން މީގެކުރިން ވަނީ އަނިޔާވެރިންގެ ތަފްސީލްތައް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ގާޒީ ބާރީ ފޭސްބުކުގައި ލިޔުއްވާފައިވަނީ، "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި، "އެއީ ކޮން ބައެއް ކަމާއި އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލް އަންނަނީ" ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެ އެވެ.
އަޅުގަނޑަށް ބިރު ދެއްކުމުގެ ގޮތުން ކަމަށްވާނަމަ އަދި ހީފުޅު ކުރެއްވީ ރަނގަޅަކަށް ނޫން، ކެރެންޏާ އަޅުގަނޑު މަރާލާ،
އަބްދުލް ބާރީ ޔޫސުފު | ގާޒީ
އޭގެ އަނެއް ދުވަހު ގާޒީ ބާރީގެ އެ ސްޓޭޓަސް ތަފްސީލްކޮށް ދެއްވައި އިތުރު ސްޓޭޓަސްއެއް ލިޔުއްވަމުން ވިދާޅުވީ، މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި މީސްތަކުންގެ މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން އެ މީހުން އެދޭ ހުރިހާ ކަމެއް އެ މީހުން އެދޭހާ ގޮތަކަށް ކޮށްދޭ މީހާއަށްވުރެ އަނިޔާވެރި މީހަކު ނުހުންނާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ގާޒީ ބާރީ ހުންނެވިއިރު އެ ބޭފުޅާ ފާހަގަވީ ވަރަށް ނުފޫޒު ގަދަ ގާޒީއެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ބޭފުޅެއްގެ ގޮތުގަ އެވެ. ގާޒީ ބާރީއަށް ސިޔާސީ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް ވެސް އޭރު ކުރިމަތިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ