ކުރިމިނަލް ކޯޓުގެ އިސްގާޒީގެ ކަމުން ކުއްލި ގޮތަކަށް ވަކިކޮށް ކުޑަކުދިން ކޯޓަށް އައްޔަންކުރެއްވި އަބްދުލް ބާރީ ޔޫސުފް މިއަދު ފޭސްބުކްގައި ތަފާތު ސްޓޭޓަސްއެއް ލިޔުއްވައިފި އެވެ.
ގާޒީ ބާރީ މިއަދު ފޭސްބުކުގައި ލިޔުއްވާފައިވަނީ، "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި، "އެއީ ކޮން ބައެއް ކަމާއި އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލް އަންނަނީ" ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެ އެވެ.
ގާޒީ ބާރީ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވާ ސްޓޭޓަސް އިތުރަށް ތަފްސީލުކޮށްދީ މިހާތަނަށް އިތުރު އެއްވެސް އެއްޗެއް ގާޒީ ބާރީ ވިދާޅުވެފައެއް ނުވެ އެވެ.
ގާޒީ ބާރީ މިހެން ފޭސްބުކުގައި ލިޔުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމިނަލް ކޯޓުގައި އިންނަވަނިކޮށް ހާލުކޮޅު ގޯސްވެ ވެއްޓިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް އެމަޖެންސީގައި ގެންދެވިތާ ގާތްގަނޑަކަށް 20 މިނެޓް ފަހުންނެވެ.
ގާޒީ ބާރީ މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް --
ގާޒީ ބާރީ، ކުޑަކުދިން ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީއިން ނިންމީ، އޭނާ އިސްވެ ހުރެ މައްސަލަ ބެލި ބެންޗުން ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލި ރެ އެވެ. މިހާރު ކުރިއަށް ގެންދާ ގާސިމްގެ ޝަރީއަތަކީ ބޭރުކޮށްލި މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދާ ޝަރީއަތެކެވެ.
ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ގާޒީ ބާރީ ހުންނެވިއިރު އެ ބޭފުޅާ ފާހަގަވީ ވަރަށް ނުފޫޒު ގަދަ ގާޒީއެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ބޭފުޅެއްގެ ގޮތުގަ އެވެ. ގާޒީ ބާރީއަށް ސިޔާސީ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް ވެސް އޭރު ކުރިމަތިވި އެވެ.
ގާޒީ ބާރީ: "އަނިޔާވެރިންގެ ތަފްސީލް އަންނަނީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ