ޤާހިރާ (އޮގަސްޓް 4): މިސްރުގެ ވެރިކަން ބޭނުން ނުވާކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓަރަކު އޭނާ އަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ޖެނެރަލް އަބްދުލްފައްތާޙް ވިދާޅުވީ މިސްރުގެ ވެރިކަމަށް ކުރިމަތިނުލައްވާނެ ކަމަށާއި ވެރިކަމާ މެދު ޝައުޤުވެރިކަމެއް ވެސް ނެތްކަމުގަ އެވެ. އަދި ހުންނަ ވާނީ ސިފައިންގެ ޕްރޮފެޝަނަލް ޖެނެރަލެއްގެ ގޮތުގައި ކަމަށް ވެސް ޖެނެރަލް އަބްދުލްފައްތާޙް ވިދާޅުވި އެވެ.
ޖެނެރަލްގެ ވާހަކާގައި މިސްރަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް ޓަކައި އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެމެރިކާ އަށް ގޮވާލެއްވި އެވެ. މިބަސްދީގަތުމުގައި ޖެނެރަލް ޢަބްދުލްފައްތާޙް ވިދާޅުވީ މިސްރުގެ ސިޔާސީ ގަޑުބަޑު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާ ގަޑުބަޑުއުފައް ދަނީ ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާން ޖަމާއަތުން ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ. މިކަން ހުއްޓުވުމަށް އެޖަމާއަތަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާ އަށް އިލްތިމާސް ކުރައްވާ ކަމަށް ޖެނެރަލް އަބްދުލްފައްތާޙް ވިދާޅުވި އެވެ. އޭނާ މިމޭރުމުން ބަސްދީގަތުން ދެއްވާފައި ވަނީ ޤާހިރާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ވިލިޔަމް ބޭންޒް އާ ބައްދަލުކުރެއްވުމަށްފަހުގަ އެވެ.
ޖެނެރަލް އަބްދުލްފައްތާޙް އައްސީސީއަކީ މިސްރުގެ ކުރީގެ ރައީސް ޑރ. މުރުސީ މަޤާމުން ދުރުކުރުމަށް ސިފައިން ގެނައި ޢަސްކަރީ އިންގިލާބުގެ އިސް މޭސްތިރި ކަމަށް ބެލެވޭ ކޮމާންޑަރެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ މަދަނީ ސަރުކާރުގެ ފަހަތުގައި ހުންނަވައިގެން މިސްރުގައި ވެރިކަންކުރައްވާ ހަގީގީ ވެރިއަކީ ވެސް ޖެނެރަލް އަބްލްފައްތާޙް އައްސީސީ ކަމަށްވަނީ ބެލެވިފަ އެވެ.
ޖެނެރަލް އަބްދުލްފައްތާޙްގެ މައްޗަށް ވަނީ ޑރ. މުރުސީގެ ވެރިކަން އަލުން އިޢާދަކުރުމަށް ގޮވާލައި އިޚްވާނުލްމުސްލިމޫން ޖަމާއަތުން ޤާހިރާގައި ކުރަމުންގެންދާ މުޒާހަރާތަކަށް ބަޑިޖަހައި ޢާންމުންގެ 130 އަށް ވުރެ ގިނަ މީހުން މަރާލި ޖަރީމާތަކުގެ ފަހަތުގައި ހުންނެވިކަމުގެ ތުހުމަތު ކުރެވިފަ އެވެ.
މީގެއިތުރުން ޑރ. މުރުސީ ވަގަށްނެގި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށްވަނީ ކުރެވިފަ އެވެ. މުރުސީގެ ޢާއިލާއިން ވަނީ މުރުސީ ވަގަށްނެގި ކަމުގެ ދަޢްވާ ޖެނެރަލް އަބްދުލްފައްތާޙުގެ މައްޗަށް މިސްރުގެ ކޯޓުތަކުގެ އިތުރުން އިންޓަނޭޝަނަލް ކްރިމިނަލްކޯޓްގައިވެސް ކުރާނެކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)
މިސްރުގެ ވެރިކަން ބޭނުން ނުވާ ކަމަށް ޖެނެރަލް ސީސީ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ