މެމްބަރުން ރިޝްވަތު ދިން ކަމެއް އެނގިފައެއް ނެތް، ޖަމީލް ވަކިކުރި މައްސަލަ ބަލާނެ ހައިސިއްޔަތެއް ނެތް: މައުމޫން

ނައިބު ރައީސްގެ މަގާމުން މުހައްމަދު ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމާއި އަދި ރިޝްވަތު
ހުށަހެޅުއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވިއިރު، ހޯމް މިނިސްޓަރު އުމަރު ނަސީރު
މިދިޔަ ހަފުތާގައި ވިދާޅުވީ ޖަމީލް މަގާމުން ދުރުކުރަން
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ތިން މެމްބަރަކު ފިޔަވައި އެހެން
މެމްބަރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ނެންގެވިކަން ފުލުހުންގެ
ތަހުގީގުން އެނގެން އެބަ އޮތް ކަމަށެވެ.އެކަމަކު މައުމޫން މިއަދު ވިދާޅުވީ ޖަމީލް މަގާމުން ވަކިކުރަން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމާއި ހުށަހެޅިކަން އެނގިފައި ނުވާތީ، އެ މައްސަލަ ބަލާނެ
އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. ހާއްސަކޮށް ރަސްމީކޮށް އެ ވާހަކަ
ދެއްކެވިފައި ނުވާތީ މައްސަލަ ބަލާނެ ހައިސިއްޔަތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އެ ވާހަކަ އަޅުގަނޑާ ހަމައަށް އުމަރު
ނަސީރު ގެންނަވާފައެއް ނެތް. އަދި އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް ރަސްމީ
ސިފައެއްގައި އެ ވާހަކަ ދެކެވިފައެއް ނެތް. އެހެންވީމާ އެކަން ބަލާނެ
ހައިސިއްޔަތެއް ނެތް،" މައުމޫނު ވިދާޅުވި އެވެ.ޖަމީލް ވަކިކުރެއްވީ މެމްބަރުން ރިޝްވަތު ނަންގަވައިގެން ކަމަށް ހޯމް މިނިސްޓަރު
ތުހުމަތުކުރެއްވުމުން، އެ މަގާމަށް ޖަމީލް އަލުން އައްޔަންކުރަން ޖެހޭ
ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދު އޭނާގެ ފޭސްބުކްގައި
ލިއުއްވާފައި ވަނީ ޖަމީލް މަގާމުން ދުރުކުރީ މެމްބަރުން ރިޝްވަތު
ނަގައިގެން ކަމަށްވާ ނަމަ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ގާނޫނީ
ނިންމުމަކަށް ވެސް އެކަން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ