ބިރު ދެއްކިޔަސް ފަހެއް ނުޖެހޭނަން - ގާސިމް

ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެލާ އިރަށް ފުލުހަށް ހާޒިރުކޮށް، އެކި ގޮތްގޮތުން ބިރު ދެއްކިޔަސް ފަސްޖެހިވަޑައެއް ނުގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މިކަމުގައި އަދިވެސް ހުންނަވާނީ ސާބިތުކަމާއެކު ކަމަށެވެ. އަދި އޭނާ ފަދަ އުމުރުން ދުވަސްވެފައި ހުރި މީހަކު ސިޔާސީ ބޭނުމެއްގައި ޖަލަށް ލާން ލަދު ގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއިރު، ބާރުގެ ބޭނުންކޮށްގެން މަރާލިޔަސް ހުންނަވާނީ ސާބިތުކަމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކިތަންމެ ބިރެއްވެސް ދެއްކިދާނެކަމަށާ ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، އޭގެ އިތުރުން، ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެކަމުގައި ކުރެއްވިކަމަށާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ލީޑަރުން މިއަދު ތިއްބެވީ އެ މަނިކުފާނާ ދެކޮޅަށް ކަމަށެވެ. އަދި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށާއި، ހަޔާތުގެ ކުޑިފުށެއް ހުރި މީހަކުވެސް މިއަދު ވެރިކަމުގައި ހުންނެވުމަށް ލަދުވެތިވާނެކަމަށްވެސް ގާސިމް ރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ