ތ. ވޭމަންޑުގައި ހަލާކުވި ޖަނަރޭޓަރު މަރާމާތުކޮށް މިއަދު އިރުއޮއްސުމުގެ ކުރިން މުޅި ރަށަށް ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ތ. ވޭމަންޑޫގައި ބޭނުން ކުރަމުން ދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މައްސަލަ ދިމާވެ އެއަށް ބޭނުންވާ ސުޕެއާ ޕާޓްސް ތަށް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެވަގުތު ބޭނުން ކުރަމުން ދިޔަ 323 ކިލޯގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު ވަނީ އެރަށުން ކަރަންޓް ކެނޑިފައި ކަމަށެވެ.
އެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އިންޖިނިއަރުންގެ އެހީ އާ އެކު ކުރެވުނު މަސައްކަތުން ރޭ ވަނީ އެ ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު ބޭނުން ކުރަން ފެށިފައި ކަމަށް ފެނަކައިން ބުންޏެވެ. ނަމަވެސް ރޭ ފަތިހު އެ ޖަނަރޭޓަރުގެ ވޭލް ބިންދައިގެން ދިއުމުން އެ ޖަނަރޭޓަރު އަލުން މަރާމާތު ކޮށް ޓެސްޓް ކުރެވެމުންދާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.
ނޫސް ބަޔާނުގައި އިތުރަށް ވަނީ ތ. ވޭމަންޑޫގެ ކަރަންޓް ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެރަށަށް 400 މެގަ ވޯޓުގެ ޖަނަރޭޓަރެއް ލޯޑުކޮށް ފޮނުވުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށެވެ. މިހާރު އެރަށުގައި ކަރަންޓު ދެމުންދަނީ 180 ވޯޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ.
ވޭމަންޑްއަށް މިއަދު ކަރަންޓް ދޭނަން: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ