ރާއްޖޭގެ ވެރިކަމަށް އައުމަށް ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް އެޕާޓީން ބުނެފި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ލީޑަޝިޕަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ނެރުނު ނޫސް ބަޔާނެއްގައި އެމްޑީޕީން ބުނީ އިންތިހާބުގައި ފާހަގަކުރެވޭ މިންވަރަށް ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލާން ނުކުމެ ވޯޓު ލާފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ލީޑަޝިޕް ގެ އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޗެއާ ޕާސަންކަމަށް ވަޑައިގެންނެވި ޢަލީ ވަހީދާއި ނައިބް ރައީސްކަމަށް ހޮވި ވަޑައިގެންނެވި މުޙައްމަދު ޝިފާޒު އަދި ޗެއާ ޕާސަންގެ ނައިބް (މާލީ) ކަމަށް އިންތިހާބުވި ޢަލީ ނިޔާޒު ޕާޓީން މަރުހަބާ ކިޔާ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.
"އަލަށް އިންތިޚާބުކުރެވުނު އެމްޑީޕީ ލީޑަރޝިޕާއެކު މި ޕާޓީއަށާއި އަދި މުޅި ޤައުމަށް އިތުރު ކުރިއެރުންތަކާއި ތަރައްގީ، މާތް ﷲ ގެ ރަޙުމަތްފުޅާއެކު ލިބިގެންދާނޭކަމަށް ޔަގީންކުރަމެވެ." އެމްޑީޕީން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ވެރިކަމަށް އައުމަށް ރައްޔިތުން އެންމެ އެދޭ ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ