ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގަ ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އާންމު ޖަލްސާއެއް ބާއްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.
މިޖަލްސާ ބާއްވާނެ ކަމަށް މިއަދު އިއުލާންކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް މައުމޫންގެ ފުރަތަމަ ޓްވީޓްގައި ވިދާޅުވީ "ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިރާދަކުރެއްވިއްޔާ އޮކްޓޯބަރ 31 ވަނަ ދުވަހުގެ ރޭ އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނަން" ކަމަށެވެ.
"މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ރައީސް މައުމޫން ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވާނެ ކަމަށް ރައީސް މައުމޫން އިއުލާންކުރައްވާފައި މިވަނީ ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ވަގުތެއްގައި ދެ ފެކްޝަން ސުލްހަވެރިކުރުވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ރައީސް މައުމޫން ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވާނެ ކަން އިއުލާން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ