ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށާއި އަލުން އެ އިންތިހާބު ބާއްވައިދިނުމަށް އެދި އެ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކެންޑިޑޭޓު ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ޓިކެޓްގައި ފެލިދޫ ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ތޯރިގް ޒުހައިރެވެ. ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު މަރްޒޫގާއި ވާދަކުރައްވައިގެންނެވެ. މަރްޒޫގް އިންތިހާބު ކާމިޔާބުކުރެއްވީ ތޯރިގަށް ވުރެ 26 ވޯޓު އިތުރަށް ލިބުމުންނެވެ.
ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅި މައްސަލަ އަދި ބަލައިގަތުމާއި މެދު ގޮތެއް ނުނިންމަ އެވެ.
ފެލިދޫ ދާއިރާގެ މައްސަލައާ އެކު ޖުމްލަ 6 ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ދާއިރާތަކަކީ ފުނަދޫ ދާއިރާ އާއި ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އެވެ.
މީގެއިތުރުން ކުރެންދޫ ދާއިރާގެ ވޯޓުފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ހައި ކޯޓުގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ