ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށާއި އަލުން އެ އިންތިހާބު ބާއްވައިދިނުމަށް އެދި އެ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކެންޑިޑޭޓު ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.
މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ޓިކެޓްގައި ފެލިދޫ ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ތޯރިގް ޒުހައިރެވެ. ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު މަރްޒޫގާއި ވާދަކުރައްވައިގެންނެވެ. މަރްޒޫގް އިންތިހާބު ކާމިޔާބުކުރެއްވީ ތޯރިގަށް ވުރެ 26 ވޯޓު އިތުރަށް ލިބުމުންނެވެ.
މި މައްސަލައިގެ ޝަރީއަތް އޮންނާނީ މާދަމާ މެންދުރު 2 ޖަހާއިރު ހައި ކޯޓުގައި އެވެ.
ފެލިދޫ ދާއިރާގެ މައްސަލައާ އެކު ޖުމްލަ 11 ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ދާއިރާތަކަކީ ހިތަދޫ އުތުރު ދާއިރާ އާއި ފުނަދޫ ދާއިރާ އާއި ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މަހިބަދޫ އަދި ވިލިގިނލި ދާއިރާގެ އިތުރުން ނައިފަރު ދާއިރާގެ އިތުރުން މީދޫ ދާއިރާއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30. ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުކުރު ދުވަހުގެރޭ ވަނީ ހަމަވެފައެވެ.
ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ