ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުސް އޮފީހުން ސައުދަށް ފޮނުވި ޗިޓްގައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20.30 ގައި ހާޒިރުވުމަށެވެ.
ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާއަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައިނުވެ އެވެ. ނަމަވެސް ހާޒިރުވުމަށް އަންގާފައިވަނީ ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހްގީގުކުރާ މައްސަލައެއްގައި ސުވާކުރުމަށް ކަމަށް ބުނެގައިވެ އެވެ.
ސައުދަކީ މީގެ ކުރިން ޕީޕީއެމްގެ މެމްބަރެކެވެ. ނަމަވެސް އެ ޕާޓީގެ ތެރޭގައި އުފެދުނު ދެބައިވުން ތެރޭގައި ސައުދު ހުންނެވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއެކު އެވެ. އަދި ސަރުކާރާ ދެކޮޅަށް ބަސް ވިދާޅުވަމުން ގެންދަވާތީ ކަމަށް ބުނެ ސައުދު ޕީޕީއެމުން ވަނީ ވަކި ކޮށްފަ އެވެ.
އަދި މިހާރު ސައުދު ގެންދަވަނީ ސަރުކަރާ އިދިކޮޅު ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.
މެމްބަރު ސައުދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ