ވޯލްޑް ކަޕް 2026: ސްވިޒަލެންޑް އެއްވަނައަށް، ބަލިވި ކެނެޑާވެސް ދެވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކެނެޑާ ބަލިކޮށް، ސްވިޒަލެންޑުން ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. މެޗުން ބަލިވި މިފަހަރުގެ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ތިން ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެނެޑާއިން ދެވަަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކެނެޑާއިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މިއާއެކު، ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ވެސް މި ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެއީ ފުރަތަަމަ ދެ މެޗުގެ ނަތީޖާއިން އަނެއް ދެ ގައުމު ކަމަށްވާ އެމެރިކާ އާއި މެކްސިކޯއެވެ. ކެނެޑާއާ ދެކޮޅަށް ސްވިޒަލެންޑު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ލަސް ކުޅުމެއް ފެނުނުއިރު، ދެވަނަ ހާފު ފެށުނުތަނާހެން ސްވިޒަލޭންޑްގެ ރުބެން ވާގަސް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ކެެނެޑާއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން-- އޭގެ ކުޑައިރުކޮޅެއް ފަހުން، ޒުވާން ކުޅުންތެރިޔާ ޔޯހަން މަންޒާބީ ވަނީ ދެވަނަ ލަނޑެއް ޖަހައި ކެނެޑާގެ ސަޕޯޓަރުން މާޔޫސްކޮށްލާފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑް ކެނެޑާއަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދިން ނަމަވެސް، މެޗު އެއްވަރުކޮށްލަން ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. މި ބައްޔާއެކު މުބާރާތް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެނެޑާ ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ވަނީ 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށްފައެވެ. އެއާއެކު ގްރޫޕް ބީގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. ގްރޫޕުގެ އެއްވަަނައިގައި ސްވިޒަލެންޑް އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކެނެޑާއާއި ތިންވަނައަށް ދިޔަ ބޮސްނިއާއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ކެނެޑާއަށް ދެވަނަ ލިބުނީ، ހެޑް ޓު ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ގަތަރު ކޮޅަށް ލަނޑު ޖެހުމަށްފަހު ބޮސްނިއާ-- ގްރޫޕުގެ ތިންވަނައިގައި އޮތް ބޮސްނިއާއަށްވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ބޮސްނިއާ މޮޅުވި މި މެޗަކީ އެޓީމުގެ ކެޕްޓަން އެޑިން ޒެކޯ ގައުމީ ޓީމަށް ކުޅެދިން 150 ވަނަ މެޗެވެ. މެޗުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ކަރީމް އަލަބެގޮވިޗެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ގަތަރުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން ބޮސްނިއާއިން ލީޑު ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ގަތަރުގެ ހަސަން އަލް ހައިދޯސް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ބޮސްނިއާގެ އާވިން މަމިޗް ޖެހި ލަނޑާއެކު އެޓީމު މެޗުން މޮޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ