އެމެރިކާއިން މި ފަހަރު ހުއްޓުވީ އިރާނުގެ ކުޅުންތެރިއަކާއި އެސިސްޓެންޓް ކޯޗު

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިސްރާ ދެކޮޅަށް ކުޅެން އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމު އެމެރިކާގެ ސީޓަލް އަށް ދިއުމުން އެސިސްޓެންޓް ކޯޗާއި ކުޅުންތެރިއަކު ހުއްޓުވައިފި އެވެ.
މެކްސިކޯގައި ތިބެފައި އިރާން ޓީމު އެމެރިކާ އަށް ދެ ދުވަސް ކުރިން ދަތުރު ކުރީ ހުކުރު ދުވަހު މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗަށެވެ. އާއްމުކޮށް މި ފަހަރުގެ ވޯލްޑް ކަޕުގައި އިރާން ޓީމު އެމެރިކާ އަށް ދަނީ މެޗު ކުޅޭ ދުވަހު އެވެ. ނަމަވެސް މި މެޗަށް ދެ ދުވަސް ކުރިން ދާން ނިންމީ އެމެރިކާ އަށް އެތެރެވުމުގައި ލުއިތަކެއް ދިނުމުންނެވެ.
ނަމަވެސް އިރާނުގެ އަސްނާ ނިއުސް އެޖެންސީން ބުނީ ކުޅުންތެރިއަކާއި އެސިސްޓެންޓް ކޯޗު ހިފަހެއްޓުމުން އެ ދެ މީހުން ޓީމާ ގުޅެންދެން އިރާން ޓީމު އެއާޕޯޓުގައި ތިބެން ޖެހުނު ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެމެރިކާއިން ވަކިއެއްޗެއް ނުބުނެ އެވެ.
އެމެރިކާއި އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ގުޅުން ގޯސްވުމުން އެމެރިކާގައި މެޗުތައް ކުޅެން އިރާނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެމެރިކާގައި ކޭމްޕް ކުރުން މަނާކޮށްފައިވާއިރު ކޮންމެ މެޗެއް ނިމުމާއެކު އެއް ގަޑިއިރު ތެރޭގައި އެމެރިކާއިން ފުރަން ވެސް ޖެހެ އެވެ. ނަމަވެސް އިރާނުގެ ކަންބޮޑުވުންތަކަށް ލުއިދޭން އެމެރިކާއިން ނިންމީ ހަނގުރާމަ ދާއިމީ ކޮށް ހުއްޓާލަން ދެ ގައުމުން މިހާރު ކުރަމުންދާ މަޝްވަރާތަކާ ވެސް އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ