ބްރެޒިލް އޮތީ ގަދަކޮށް: އެއްވެސް މެޗަކުން ބަލި ނުވެ ދެވަނަ ބުރަށް

މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، ބްރެޒިލްގެ ތަރި ނޭމާ އަލުން ދަނޑަށް އެނބުރި އައުމެވެ. އޭނާ ކުޅެން އެރީ މެޗުގެ 76 ވަނަ މިނެޓުގައެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ބްރެޒިލް ވަނީ މިހާތަނަށް 5 ފަހަރު ތަށި އުފުލާލާފައެވެ. އެންމެ ފަހުން 2018 އަދި 2022 ގައި ކުއާޓާ ފައިނަލުން ކެޓި ނަމަވެސް، މިފަހަރުގެ މުބާރާތުގައި އެޓީމުގެ އަމާޒަކީ 24 އަހަރުގެ މެދުކެނޑުމަކަށްފަހު ހަވަނަ ފަހަރަށް ތަށި ކާމިޔާބުކުރުމެވެ. މީގެ ކުރިން އުތުރު އެމެރިކާގައި ބޭއްވި 1970 އަދި 1994 ގެ ވޯލްޑް ކަޕް ބްރެޒިލްއިން ކާމިޔާބުކޮށްފައިވުމީ އެޓީމަށް ލިބޭ ބޮޑު އުންމީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ