ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ސްވިޒަލޭންޑާއި ކެނެޑާ ދަތުރުކުރިއިރު ގަތަރު ކަޓުވާލައި ބޮސްނިއާ ތިން ވަނަ ހޯދައިފި އެވެ.
މުބާރާތުގެ ގަދަ 32ގެ ތެރެއިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި 12 ގްރޫޕުގެ ތެރެއިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު އަށް ޓީމަށެވެ.
ގްރޫފް ބީގެ އެއްވަނަ ސްވިޒަލޭންޑަށް ލިބުނީ މުބާރާތް ބާއްވާ އެއް ގައުމު ކެނެޑާގެ މައްޗަށް 2-1އިން ކުރި ހޯދުމުންނެވެ. ސްވިޒަލޭންޑަށް ތިން މެޗުން ހަތް ޕޮއިންޓް ލިބުނުއިރު ކެނެޑާއި އާއި ބޮސްނިއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވީ ކޮންމެ ބަޔަކަށް ހަތަރު ޕޮއިންޓް ލިބުމުންނެވެ. ކެނެޑާ އަށް ދެ ވަނަ ލިބި ދެ ވަނަ ބުރަށް ކޮލިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޗަށް ނުކުތްއިރު އެއް ޕޮއިންޓުން އެއްވަރުވެފައި އޮތް ބޮސްނިއާ އާއި ގަތަރު މެޗުގައި ބޮސްނިއާ ކާމިޔާބު ކުރީ 3-1އިންނެވެ. މިއީ މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރި ބޮސްނިއާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގައުމެވެ. މުޅިން އަލަށް ވޯލްޑް ކަޕުގައި ވާދަކޮށް ގަތަރު އެ މުބާރާތުން ކެޓީ ވެސް ފުރަތަމަ ބުރުންނެވެ.
ބޮސްނިއާ އަށް ތިން ވަނަ، ސްވިސް އާއި ކެނެޑާ ގަދަ 32 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ