މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ

މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:30 އާއި 11:30 އާއި ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ހިރިޔާ ސުކޫލް ހިމެނޭ ސަރަހައްދުން 10:30 އިން 12:00 އަށް ކަރަންޓު ކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ