އަންނަ އޭޕްރިލް 6 ގައި ބާއްވަން ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓީ އަދާލަތުން އިތުރު ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ. މިރޭ އަދާލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ލަފަޔާއެކު އިތުރަށް ވާދަކުރަން ނިންމާފައިވަނީ، ގައްދޫ ދާއިރާއަށް ކަމަށެވެ.
އަދާލަތު ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދާއިރާތައް:
ކެލާ ދާއިރާ – ތޫބާ ރަޝީދު (ހއ.ކެލާ)
ވައިކަރަދޫ ދާއިރާ – ހުސައިން ޘަޤީފް (ހދ.ވައިކަރަދޫ)
މަނުކުދޫ ދާއިރާ – އަނާރާ ނައީމް (ހ.މާލެ)
އިނގުރައިދޫ ދާއިރާ – އަޙްމަދު ހުސައިން (ރ.ކިނޮޅަސް)
ކާށިދޫ ދާއިރާ – އަޙްމަދު އަދީލް (ކ.ކާށިދޫ)
މަހިބަދޫ ދާއިރާ – ޢަލީ އާޒިމް (އދ.ހަންޏާމީދޫ)
މުލަކު ދާއިރާ – އައިޝަތު ރިޔާޝާ (މ.ކޮޅުފުށި)
ނިލަންދޫ ދާއިރާ – މުޝްހަފް މުޙައްމަދު (ފ.ދަރަނބޫދޫ)
ގައްދޫ ދާއިރާ – އިބްރާހީމް ޒާހިރު (ގދ.ވާދޫ)
މަޖިލިސް އިންތިހާބުގައި އަދާލަތުން އިތުރު ދާއިރާތަކަށް ވާދަކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ